އައްޑޫގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު މުބާރާތް "ގްލޯބަލް ލިންކްސް ޗެލެނެޖް" މިއަހަރު ޑިސެމްބަރު މަހު ބާއްވާނެ ކަމަށް ގްލޯބަލް ލިންކްސްއިން ބުނެފިއެވެ.
ގްލޯބަލް ލިންކްގެ ވެރިއާ މުހައްމަދު ޖުނައިދު "އައްޑޫލައިވް"އަށް ވިދާޅުވީ، އައްޑޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މުބާރާތް މިއަހަރުވެސް ޑިސެމްބަރު މަހު ބާއްވާނެކަމަށެވެ. އަދި މުބާރާތާއި ގުޅޭ މައުލޫމާތު މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން އިއްލާން ކުރާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ މުބާރާޓް ޑިސެމްބަރު މަހު ބާއްވާނެ، އެކަމާއި ގުޅޭ ކަންކަން ކުރިއަށް ގެންދާނީ އިންތިޒާމް ކޮމެޓީން. އައްޑޫ ޒުވާނުންނަށް ބާއްވާ މި މުބާރާތް ކޮންމެ ގޮތަކުންވެސް ބާއްވަ ދޭނަން"
ގްލޯބަލް ލިންކްސް މުބާރާތަކީ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމާއި އެކު 2013 ވަނަ އަހަރުން ފެށިގެން އައްޑޫގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. އެގޮތުން ފުރަތަމަ މުބާރާތް މާޗް މަހު އައްޑޫ ސްޓޭޑިއަމްގައި ބޭއްވި އިރު ދެވަނަ މުބާރާތް ބާއްވާފައިވަނީ މީދޫގައެވެ.
ނިމިގެންދިޔަ ދެ މުބާރާތުގެވެސް ޗެމްޕިއަން ޓީމަކީ ހިތަދޫ މަލްޓި ޖީނިއަސް ސިޓީއެވެ.