އައްޑޫ ހުޅުދޫ މޫދުން އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައިވާ އޮއްވާ ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފެނިފައިވާ ހުޅުދޫގެ ކަނޑޫއެޅެ ބީޗް ސަރަހައްދުންނެވެ. އުމުރުން 78 އަހަރުގެ މި އަންހެން މީހާ ފެނުނީ މިއަދު މެންދުރު 11:00 އާއި 12:00 ދެމެދުގެ ވަގުތެއްގައެވެ.
އެމީހާ ފެނުމާއެކު ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަނީ ވަގުތުން ގެންގޮސްފައެވެ. ހުޅުމީދޫ ސިއްޙީ މަރުކަޒުން ބުނީ އެމީހާ ގެނައިއިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެނައީ މިއަދު 11:30 އެހައިކަށްހާއިރު ކަމަށް ހުޅުމީދޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދެއެވެ.
މި އަންހެން މީހާ އާކީ އާންމުކޮށްވެސް އެހެން އެ ސަރަހައްދުގެ މޫދަށް އެރި އުޅޭ މީހެއް ކަމަށް އައްޑޫލައިވްއަށް ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް ނުލިބެއެވެ.