ށ. ފޯކައިދޫއަށް ސަރުކާރުން ވީ ހުރިހާ ވައުދެއް ދަނީ ހިނގަމުން، ނިމެމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ ފޯކައިދޫއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަނާފައެވެ.
"ފޯކައިދޫއަށް ސަރުކާރުން ވީ ހުރިހާ ވައުދެއް އެދަނީ ހިނގަމުން ނިމެމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ފޯކައިދޫ ރައްޔިތުން އެދޭ "އުފާވެރި އަމާން ރާއްޖެ" ހޯދައިދޭނެ ކަމަށެވެ.
ފޯކައިދޫއިން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަން. ފޯކައިދޫއަށް ސަރުކާރުން ވީ ހުރިހާ ވައުދެއް އެދަނީ ހިނގަމުން ނިމެމުން. ފޯކައިދޫ ރައްޔިތުން އެދޭ #UfaaveriAmaanRaajje އިރާދަ ކުރެއްވިޔާ އަޅުގަނޑުމެން ހޯދައިދޭނަން.
— Ibrahim Mohamed Solih (@ibusolih) July 10, 2023
ރައީސް ސޯލިހް ރިޔާސީ ކެމްޕޭން ފައްޓަވާ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައިވާއިރު އަންނަ ހަފްތާ ބަންދުގައި މ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ.