Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ފުވައްމުލަކު ފަރަށް އެރި ބާޖު "ފިލައިފި"

ފުވައްމުލަކު ފަރަށް މިދިޔަ ހުކުރު ދުވަހު، ހިލައާ އެކީ ފަރަށް އެރި ބާޖްގެ މައްސަލަ ބަލަމުން ދަނިކޮޮށް، ފާރަށް ނާރާ ކަމަށް ބުނެ ބާޖު ފިލައިފި އެވެ.

އެ ބާޖު ފަރަށް އެރީ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާތަތްކުރުމުގެ މަސައްކަތްކުރާ ނެދަލޭޑްސްގެ ހޯގާޑުން މުދާ ވެއްދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ދިމާލުގައި އޮއްވައި އަރިއަޅާލައިންނެވެ. ބާޖު ފަރަށް އެރުމާ ގުޅިގެން އެ ފުންކޮށް، އޭގެ ސަބަބުން ލިބުނު ގެއްލުތައް ބަލަމުން ދަނިކޮށް، ބާޖު "ފިލީ" ދޮގު މައުލޫމާތު ދީފައި ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުންޏެވެ.

އެތަނުން ބުނީ ބާޖު ފަރަށް ނާރާ ކަމަށް ބުނެ ހޯގާޑު ދޮގު މައުލޫމާތު ދީފައިވާ އިރު، ބާޖު މިހާރު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުވައްމުލަކުގެ ޑައިވިން އެސޯސިއޭޝަނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެންމެﷲ އަތޮޅެއް އަދި އެންމެ ރަށަކަށް އޮންނަ ފުުވައްމުލަކު ގޮނޑުދޮށް ހިމާޔވަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން އަނބުލު ފަންނާ ހަމަޔަށް ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިދިޔަ ޑިސެމްބަރު މަހު ފެށި އެ މަޝްރޫއަށް ޖުމުލަ 300 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.