މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި "މިނިވަން އުފާ ކާނިވާ" ގެ ނަމުގައި ހަރަކާތްތަކެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީ ބުނީ މި ހަރަކާތް މި މަހުގެ 28 އިން އަންނަ މަހުގެ 4 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވަނީ އާބަންކޯއާ ގުޅިގެން ކަމަށެވެ. އެގޮތުން "މިނިވަން އުފާ ކާނިވާ" ގެ ތެރޭގައި ބޮޑުބެރާއި ސަގާފީ ތަފާތު ކުޅިވަރުތަކާއި ޒަމާނީ މިޔުޒިކާއި ނެށުމުގެ ޙަރަކާތްތަކުގެ އިތުރުން ވަކިވަކި ފަންނާނުންގެ މުނިފޫހިފިލުވުމުގެ ތަފާތު ހުނަރުތައް ދައްކާލަން ހަމަޖެހިފައިވެ އެވެ.
އެހެންވެ އެ ހަރަކާތްތަކުގައި ފަފޯމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޕްރޮޕޯސަލްތައް ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި 26 އެވެ.