އިންޑިއާގެ ބަތަލާ ތަމަންނާ ބާޓިއާގެ އާ ފިލްމު "ޖެއިލާ" ލަވަ "ކާވާލާ" ގައި ދައްކުވައިދިން ނެށުމާ އެކީ އޭނަ، ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ގޮތުގައި ސިފަކޮށްފި އެވެ.
އެފްރިކަން ސްޓައިންގެ މި ލަވައިގެ ތަމަންނާގެ ވަރަށް "ކެޗީ" ޑާންސްތަކެއް ފެނިގެންދާ އިރު، ލަވައިގެ ސެޓިން އާއި ފީލިން އާއި ކޮސްޓިއުމް ވެސް ވަރަށް ގިނަ ބަޔަކު ވަނީ 2010 ގެ ވޯލްޑް ކަޕަށް ޝަކީރާ ކިޔައިދީގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ލަވަ "ވައްކާ ވައްކާ" އާ ވަރަށް އެއްގޮތް ކަހަލަ ލަވައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އެގޮތުން ބައެއް މީހުން ވަނީ ތަމަންނާގެ ލަވައިގެ ބައެއް ޝޮޓްތައް އެޑިޓްކޮށް، ޝަކީރާ ލަވައިގެ އަޑު އެއަށް އަޅައި ދެ ލަވަ ވަރަށް ގުޅޭ ކަމަށް ބުނެފަ އެވެ. އަދި "ތަމަންނާ އަކީ އިންޑިއާގެ ޝަކީރާ" ކަމަށް ބުނެފައިވެ އެވެ.
Have to admit the sync is pretty good 😉 https://t.co/3hogKqrLuz
— Tamannaah Bhatia (@tamannaahspeaks) July 9, 2023
ޝިލްޕާ ރާއޯ ކިޔާފައިވާ ލަވައިގެ ކޮރިއޯ ހަދާފައި ވަނީ މާސްޓާ ޖާނީ އެވެ. "ކާވާލާ" މިހާރު ވަރަށް ބޮޑަށް ޓްރެންޑްވެފައިވާ އިރު، ޔޫޓިއުބްގައި ލަވަ އަކީ މިހާރު ވެސް ބޮޑު ހިޓެކެވެ. މި ލަވައިގެ އަޑުގެ ވެރިޔާ ޝިޕްލާ އަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ހިޓް ލަވަ "ބޭޝަރަމް ރަންގް" ވެސް ކީ ފަންނާނެވެ.
ލަވައެއް ލިބުނު ބޮޑު މަގުބޫލުކަމާ އެކީ "ޖެއިލާ" އަށް މިހާރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުފައިވާ އިރު، މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ގަ އެވެ. މި އެކްޝަން ކޮމެޑީގެ ޑައިރެކްޓަރަކީ ނެލްސަން އެވެ.