Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

ކެންސަރު ދެނެގަނަން މެޝިން ހޯދަން އެސްޓީއޯ އަށް

ކެންސަރުބަލި ދެނެގަތުމަށް ހަދާ ސްކޭން މެޝިންތަކެއް ގެންނަން އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

ޕެޓް ސްކޭން މެޝިން ގެނެސް، އިންސްޓޯލްކުރުމަށް އެސްޓީއޯއާ އެކީ އެއްބަސްވުން ހެދީ އިއްޔެ އެވެ.

ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރަން ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ސަލީމެވެ. އަދި އެސްޓީ ފަރާތުން ސޮއިކުރެއްވީ އޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް ހާއެއްހާ މީހުން ބޭރަށް ފޮނުވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި ސްކޭން ހެދޭނެ ފުރުސަތު ފަހިވުމުން ރާއްޖޭން ބޭރުން ހިދުމަތް ހޯދަން ކުރަން ހަރަދު ކުޑަވެ، ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ.