Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ވެލާ ފެޅި މީހުންނަށް ބޮޑު ޖޫރިމަނާއެއް

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ހަތް މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެއިން ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާ އިރު، މުޅި ޖުމްލަ ޖޫރިމަނާ އަށް 1،386،000ރ. އަށް އަރަ އެވެ. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެ މީހުން ޖޫރިމަނާކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ވެލާތަކެއް ކެޔޮދޫގައި ފެޅި މައްސަލަ ފުލުހުންނަށް ލިބުނީ ފެބްރުއަރީ 3 ގަ އެވެ. އެއާ އެކީ ފުލުހުންގެ ޓީމެއް ރަށަށް ފުލުހުން ގޮސް ބަލަން ޖެހޭ ކަންކަން ބަލައި މައުލޫމާތު އީޕީއޭއާ ހިއްސާކުރި އެވެ.

ވެލާ ފެޅި ގްރޫޕުން ހަ ވެލާ ފަޅާފައިވެ އެވެ.