Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އަލީ ވަހީދު ރާއްޖެ ވަޑައިގެންފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ވަޑައިގެންފިއެވެ.

އަލީ ވަހީދު މިއަދު ރާއްޖެވަޑައިގަންފައި މިވަނީ، ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިއަށްނުގެންދިއުމަށް ނިންމާ އެ މައްސަލަ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވަނިކޮށެވެ.

މި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ޖިންސީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަނިކޮށް ވަކި ހިސާބަކުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން، ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު އޭގެފަހުން އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އޭރުވަނީ ޝަރިއަތްތައް މަޑުޖެހިފައެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އިއްވިއެވެ. އެހެންނަމަވެސް އެކަމުގައި މާފަށް އެދި ދެފަހަރެއްގެ މަތިން އަލީ ސިޓީ ފޮނުވުމުން، ސްޕްރީމް ކޯޓުން މާފުކޮށްދީފައިވާކަން ވަނީ ހާމަވެފައެވެ.