އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ ބައްދުލުކުރައްވައިފިއެވެ.
ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާސިމްއާ ބައްދަލުކުރެއްވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ.
ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް @prz_ymn ގެ ލަފާފުޅާ އިރުޝާދުގެ މަތިން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ، ޖުމްހޫރީ ޕާޓީގެ @JPSecretariat ގެ ލީޑަރ އޮނަރަބަލް @qasimibrahim އާއި އެކު މިއަދު މުހިންމު ބައްދަލުވުމެއް ބޭއްވިފައި. pic.twitter.com/eofY5G7YUB
— Abdul Raheem Abdulla (@Banafsaa) July 11, 2023
އިދިކޮޅުގެ ލީޑާޝިޕުން ޤާސިމްއާ ބައްދަލުކުރެއްވިއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އިދިކޮޅުން އަންނަނީ "ދަ ޑިމޮކްރެޓްސް" އާ އެކުވެސް މަޝްވަރާ ކުރަމުންނެވެ.