Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"އިސްތިރީ 2" ގެ ޝޫޓިން ފަށައިފި

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ސީކްއެލްގެ ޝޫޓިން ފަށައިފި އެވެ.

ޝްރަދާ ކަޕޫރާއި ރާޖްކުމާރު ރާއޯއާ އެކީ 2018 ގައި ގެނެސްދިން ފިލްމުގެ ޝޫޓިން މިއަދު ފެށިކަން އިއުލާންކޮށް، ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ބުނީ "އިސްތިރީ" އަންނަ އަހަރުގެ އޮގަސްޓްގައި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށެވެ.

މި ފިލްމު ވެސް ޑައިރެކްޓްކުރަނީ ފުރަތަމަ ބައި ވެސް ހެދި އަމަރު ކޯޝިކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ވަރޫން ދަވަނާއި ކްރިތީ ސެނަންއާ އެކީ ގެނެސްދިން ކޮމެޑީ ހޮރޯ "ބީޅިޔާ" އެވެ.

"އިސްތިރީ" އަކީ ބޮލީވުޑްގައި ހޮރޯ-ކޮމެޑީ ޖޯންރާގެ ފިލްމުތައް ވައިގައި ހިފުވި ފިލްމެވެ. އެންމެ 14 ކްރޯޑް ރުޕީސް (ދެ މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 180.76 ކްރޯޑް ރުޕީސް (22 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"އިސްތިރީ" ގައި ދައްކުވައި ދިނީ އިންޑިއާގެ ރަށްފުށުގެ ހިސާބެއްގައި ދަންވަރު ޖިންނިއަކު ފިރިހެނުންތަކެއް ޖަހައިގަނެގެންދާ ކަމަށް ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ހާދިސާތަކެކެވެ. އަދި އެގޮތަށް ފިރިހެނުން ޖަހައިގެންދާ އިރު، ސަލާމަތް ވަނީ އޭނަ ލައިގެން ހުންނަ ފޭރާން އެކަންޏެވެ.