Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޖޯކަރު" ދައްކައިލާނީ ސެޕްޓެމްބަރުގައި

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ޖޯކަރު" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައި، ފިލްމު މި އަހަރުގެ ސެޕްޓެމްބަރުގައި ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

މި ފިލްމަކީ "ބައިވެރިޔާ" އާއި "ނޯޓީ 40" އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި މިދިޔަ މެއި މަހު އޮލިމްޕަހުގައި އެޅުވި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.

ވަރަށް މަޖާވާނެ ކަމަށް ބެލެވޭ "ޖޯކަރު" ގެ ކާސްޓްގައި ތަޖުރިބާކާރުން ތަރިން ކަމަށްވާ އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން އަލީ އާޒިމް ދޮން (އައްޔަ) އާއި ނާޝިދާ މުހައްމަދާއި އިބްރާހީމް ރަޝީދު (ބްރޯ) އާއި ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާނާއި ޝަހީދާ އަހުމަދާއި މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.

ޓެގް ލައިނަކަށް "ލާފް މޯ، ވޮރީ ލެސް" ހިމަނާފައިވާ ފިލްމު ސެޕްޓެމްބަރުގައި ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.