Last Updated: May 2, 10:39
Friday, May 2, 2025
ދުނިޔެ

ޓާޓާ އިން އައިފޯން އުފައްދަނީ

އިންޑިއާގެ މަޝްހޫރު ކުންފުނި، ޓާޓާ އިން އައިފޯން އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުއި މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެޕަލްގެ އައިފޯން އިންޑިއާގައި އުފައްދަމުން އަންނަ ޓައިވާންގެ ކުންފުނި ވިސްޓްރޯން ކޯޕަރޭޝަންގެ ކަރްނާޓަކާގެ ފެކްޓްރީ ގަންނަން ޓާޓާ ގްރޫން މިހާރު އަންނަނީ މަޝްވަރާކުރަމުންވެ. ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެއްބަސްވުމާ މުއާމަލާތް އަންނަ މަހުގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވޭ އިރު، މީގެ އަގު 600 މިލިއަން ޑޮލަރަށް އަރަ އެވެ.

ޓާޓާ އިން ހޯދާ މި ފުރުސަތާ އެކީ އެ ކުންފުނި ވާނީ އެމެރިކާގެ އެޕަލް ކުންފުނީގެ އައިފޯން އިންޑިއާގައި އުފައްދާ އެ ގައުމުގެ ފުރަތަމަ ކުންފުންޏަށެވެ. އެ ކުންފުންޏަކީ އިންޑިއާގައި ތަފާތު އެތައް ދާއިރާއަކުން ވަރަށް ފުޅާކޮށް ވިޔަފާރި ހިންގަމުން އަންނަ 155 އަހަރުގެ ތާރީހެއް އޮތް ކުންފުންޏެކެވެ.

ކަރްނާޓަކާއި ވިސްޓްރޯން އިން ހިންގަމުން އަންނަ ފެކްޓަރީގައި އައިފޯން 14 އުފައްދަމުން އަންނަ އިރު، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ.

އައިފޯނަށް އަބަދު ވެސް ބޮޑު މާކެޓެއް އޮންނަ އިންޑިއާގައި، އެ ބްރޭންޑްގެ ފޯނު އުފެއްދުން ވާނީ އިންޑިއާގެ ކަސްޓަރުންނަށް ވަރަށް ހާއްސަ ކަމަކަށެވެ. މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެޕަލްހެ ސީއީއޯ ޓިމް ކުމް، އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީ އާއި ވެރިރަށް، ނިއު ދިއްލީގައި އެޕަލްގެ އުފެއްދުންތައް ވިއްކާ އައުޓްލެޓްތަކެއް މުޅިން އަލަށް ހުޅުއްވައި ދެއްވާފައިވެ އެވެ.