Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

މިދިޔަ މަހު 4،400 ކޮންޓެއިނަ ކްލިއަކުރި

މާލެ ވިޔަފާރި ބަނދަރު /ފޮޓޯ: އެމްޕީއެލް

މިދިޔަ ޖޫން މަހު މާލެ ވިޔަފާރި ބަނދަރުން 4400 ކޮންޓެއިނަރު ކްލިއަރ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕޯޓްސް ލިމިޓެޑުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 6180 ޓީއީޔޫ ނުވަތަ 4400 ކޮންޓެއިނަރ ވަނީ މާލޭ ވިޔަފާރި ބަނދަރުން ކްލިއަރކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 2680 ކޮންޓެއިނަރާއި 1780 ކޮންޓެއިނަރު ކްލިއަރ ކޮށްފައެވެ.

މިއީ ދުވާލެއްގެ މައްޗަށް 147 ކޮންޓެއިނަރ ނުވަތަ 206 ޓީއީޔޫ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މިއީ މޭއި މަހު ކްލިއަރ ދުވާލެއްގެ މައްޗަށް ކްލިއަރ ކުރި ކޮންޓެއިނަރުގެ އަދަދުން ނަމަ، 14 އިންސައްތަ ދަށްވުމެކެވެ. ޓީއީޔޫ އިން ނަމަ 15 އިންސައްތަ މޭއި މަހާއި އަޅާބަލާއިރު ކްލިއަރެންސް ދަށްވެފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މިދިޔަ ޖޫން މަހު ބަނދަރަށް، 16 ބޯޓު އައިސްފައިވާއިރު އެހެނިހެން މުދާ އުފުލާ 17 ބޯޓު ވަނީ ބަނދަރުކޮށްފައެވެ. މި ބޯޓުތަކުން ބޮޑަށް ގެނެސްފައިވާ ޕެރިޝަބަލްސްގެ ތެރޭ، ދޮންކެޔޮ ކަރާ، ބަރަބޯ، ކެބެޖް، އަލަނާސި، ފިޔާ، އަލުވި، ބިސް އަދި ޓޮމާޓޯ ހިމެނެއެވެ.