Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ރާއްޖޭގައި ކައިވެނިކުރާ އެވްރެޖް އުމުރަކީ 22

ފެމިލީ ކޯޓު ---

ރާއްޖޭގައި އެވްރޭޖެކޮށް މީހަކާއި އިންނަ އުމުރަކީ 22 އަހަރު ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އީއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވަނީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވައި ރާއްޖޭގެ އާބާދީގެ ރިޕޯޓު އާންމުކޮށްފައެވެ. އަދި މި ރިޕޯޓުގައި ވަނީ ރާއްޖޭގެ އާބާދީއާއި ގުޅޭ ގިނަ ތަފާސް ހިސާބުތައް ހިމަނާފައެވެ. ރާއްޖޭގެ ކައިވެންޏާއި ބައެއް ތަފާސް ހިސާބުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން ރާއްޖޭގައި މިހާރު އެވްރޭޖްކޮށް ކައިވެނި ކުރާ އުމުރަކީ 22 އަހަރު ކަމަށް ވަނީ ބުނެފައެވެ. މިއީ ދެ ޖިންސު އެއްކޮށް އެވްރެޖެވެ.

އާންމުކޮށް ފިރިހެނުން ރާއްޖޭގައި ކައިވެނި ކުރަނީ 24 އަހަރުގައި ކަމަށް ވަނީ ބުނެފައެވެ. އަދި އެވްރޭޖްކޮށް އަންހެނުން ކައިވެނި ކުރަނީ އުރުމުން 20 އަހަރުގައި ކަމަށް ވަނީ ބުނެފައެވެ.

މި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 15 އަހަރުން މަތީގެ ކައިވެނި ކުރާ އުމުރުގެ 69 އިންސައްތަ މީހުން ތިބީ ކައިވެނިކޮށްގެންނެވެ. އަދި 9 އިންސައްތަ މީހުންނަކީ ވަރިވެފައިވާ މީހުންނެވެ. ކައިވެނިކޮށް ހުވަފަތްވެފައިވާ މީހުންގެ ގޮތުގައި 3 އިންސައްތަ މީހުން އެބަތިއްބެއެވެ. މީގެ އިތުރުން 19 އިންސައްތަ މީހުން އެއްވެސް ވަރަކަށް ކައިވެނިކޮށްފައި ނުވާ ކަމަށް މި ތަފާސް ހިސާބުތައް ދައްކައެވެ.

ބޯހިމެނުމުގައި ރާއްޖޭގެ ޢާއިލާ ބިނާ ކުރުމުގައި އެވްރެޖްކޮށް އަންހެނަކު ދަރިން ހޯދާ ނިސްބަތް ވަނީ އާންމުކޮށްފައެވެ. އެގޮތުން 2022 ގެ ބޯހިމެނުމުން ދައްކާ ގޮތުގައި މިހާރު އެވްރޭޖްކޮށް އަންހެނަކު ހޯދަނީ 1.7 ކުދިންނެވެ. އޭގެ ކުރިން 2014 ވަނަ އަހަރު މިއަދަދު ހުރީ 2.5 ގައެވެ. އަދި 2006 ގައި 2.2 އަށް ތިރިވިއިރު 2000 ވަނަ އަހަރު މި އަދަދު ހުރީ 2.8 ގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނާ ގޮތުގައި މި އަދަދު މިވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. މިއާއެކު ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމެންޓް ލެވެލް އަށް ގޮސްފައެވެ. މިއީ އެއް ޖީލުން އަނެއް ޖީލަށް ދާއިރު ކުރީގެ ޖީލުގެ ބަދަލު ފަހު އަންނަ ޖީލަށް ބަދަލު ކުރެވޭ ނިސްބަތެވެ.