Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

ނިހާދު އެދެނީ އަލީ ޒާހިރާ ބެހޭ މައުލޫމާތު

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރާ ބެހޭ މައުލޫމާތު ހިއްސާކޮށް ދެއްވަން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ޓްވިޓާގައި އެދިވަޑައިގެންފި އެވެ.

އޭނަ އިއްޔެ ޓްވިޓާގައި މިކަމަށް އާންމުންގެ އެހީ އަށް އެދިވަޑައިގެން ވިދާޅުވީ އަލީ ޒާހިރާ ބެހޭ އެެއްވެސް މައުލޫމާތެއް ވާ ނަމަ ޑީއެމް ޑައިރެކްޓް (މެސެޖް) ކޮށްލަދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ޓްވީޓްގައި އެކަމާ ގުޅޭ އިތުރު އެއްވެސް ވާހަކައެއް ހިއްސާކުރައްވައިފައެއް ނުވެ އެވެ.

އަލީ ޒާހިރަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް ބޭފުޅެކެވެ.