Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

ދެ ފިޝަރީޒް ކޮމްޕްލެކްސް ހަދަން އެމްޓީސީސީ އަށް

ދެ ރަށެއްގެ ފިޝަރީޒް ކޮމްޕްލެކްސް ހަދަން މިފްކޯ އިން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ގދ. ތިނަދު އާއި ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހަދަން އެ ކުންފުންޏާ ހަވާލުކުރީ އިއްޔެ އެވެ. އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއީލް ފާއިޒެވެ.

ތިނަދު އާއި ކޫއްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް ހަދަން މިފްކޯއާ ހަވާލުކުރީ 45 މިލިއަން ރުފިޔާއަށެވެ.