Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެމްޑީޕީގެ ރަސްމީ އޮފީސް ބަދަލުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރަސްމީ އޮފީސް އެހެން އިމާރާތަކަށް ބަދަލުކޮށްފި އެވެ.

ކުރިން ސޯސަން މަގުގައި ހުންނަ ހ. ޝަރާޝާގައި ހިންގަމުން އައި ޕާޓީގެ އޮފީސް ބަދަލުކޮށްފައި ވަނީ ލިލީމަގުގައި ހުންނަ ގ. ނިއުޝާގެ ދެވަނަ ފަންގިފިލައަށެވެ. އެމްޑީޕީން ބުނީ ޕާޓީގެ ރަސްމީ އޮފީސް ބަދަލު ވިޔަސް، ކުރިން ބޭނުން ކުރަމުން އައި އޮފީސް ވެސް ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ރަސްމީ އޮފީސް އެހެން ތަނަކަށް ބަދަލުކުރި އިރު، އެ ޕާޓީގެ ޖަގަހަ އަތުލައި ގަނެ، އެތަނުގައި މިހާރު ވަނީ ދި ޑިމޮކްރެޓްސްގެ ހަރަކާތްތައް ހިންގަން ފަށައިފަ އެވެ. މިހާރު ރަޖިސްޓްރީކުރަން ހުޑަހަޅާފައި އޮތް އެ ޕާޓީ އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ގަ އެވެ. އަދި މާދަމާ ރޭ އެ މަނިކުފާނު ޑިމޮކްރެޓްސް އަށް ސޮއިކުރައްވާނެ އެވެ.