Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިދިކޮޅު ލީޑަޝިޕް ޖޭއެސްސީ އާއި ހައިކޯޓަށް

ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުގެ ކަންބޮޑުވުންތަކާއެކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ހައިކޯޓަށް ގޮސްފިއެވެ.

ޖޭއެސްސީ އަދި ހައިކޯޓަށް އިދިކޮޅު ލީޑާޝިޕުން ގޮސްފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި މަޑުޖެހިފައިވަނިކޮށެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލަ މަޑުޖެހިފައިވަނީ އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ހައިކޯޓުގައި އިސްތިއުނާފު ޝަރީއަތްތައް ކުރިއަށްދާއިރު ކްރިމިނަލް ކޯޓުގައިވެސް އަންނަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަމުންނެވެ.

އިދިކޮޅުގެ ކެންޑިޑޭޓްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަަމަށް އެ ޕާޓީތަކުން އިއުލާނުކޮށްފައިވާއިރު، މިހާރު ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ސުވާލު އުފެދިފައެވެ.