މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހާއްސަކޮށްގެން ފުލުހުން ހިންގަމުން އަންނަ "ރައްކާ" ކެމްޕޭން ޕްރޮގްރާމަށް ތިން ކުންފުންޏަކާ އެކީ ސޮއިކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ސޮއިކޮށްފައި ވަނީ ކުރިން ވެސް މި ކެމްޕޭންގައި ހިއްސާވަމުން އައި ތިން ކުންފުންޏަކާ އެކީގަ އެވެ. އެއީ އެލައިޑް އިންޝުއަރެންސާއި ޝީޝާގެ އިތުރުން އުރީދޫ މޯލްޑިވްސް އެވެ.
ފުލުހުންގެ ފަރާތުން އެއްބަސްވުންތަގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާނެވެ. ޝީޝާގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް އެންޑް މާކެޓިން މެނޭޖަރު ފާތިމަތު ޖުމާން އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރު އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ.