މި މަހުގެ ފަހުކޮޅު ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ދެވަނަ ލަވަ "ވަޓް ޖުމްކާ؟" މިއަދު ދައްކާލައިފި އެވެ.
ކުލަގަދަ ސެޓިންއެއްގައި ގިނަ އަދަދެއްގެ ބެކް ޑާންސަރުންނާ އެކީ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ޗާލު ނެށުންތަކެއް ފެނިގެންދާ މި ލަވަ އަކީ ަވަރަށް "ޕެޕީ" އަދި އުފާވެރިކަން ގެނުވައިދޭ ކަހަލަ ފޯރިގަދަ ލަވައެކެވެ. ލަވައިގެ އެންމެ ހާއްސަ ކަމަކީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ޖުމްކާ ގިރާ ރޭ" ގެ މިއުޒިކާއި މި ލަވަ ގުޅުވައިފައި އޮތުމެވެ.
"ވަޓް ޖުމްކާ؟" ގެ މިއުޒިކް ހެދީ ޕްރިތަމް އެވެ. ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޖޮނިތާ ގާންދީ އެވެ. އަދި ލަވައިގެ ނެށުން ތައްޔާރުކޮށް ދިނީ ގަނޭޝް އަޗާރިއާ އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" މި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އިރު، މި ފިލްމުން އާންމުކުރި ފުރަތަމަ "ކިޔާ ތުމް މިލޭ" ވެސް ވެގެން ދިޔައީ ވަރަށް ބޮޑު ހިޓަކަށެވެ. އެ ލަވަ ކިޔާފައި ވަނީ އަރިޖިތާއި ޝްރެޔާ ގޯޝާލް އެވެ.
ކަރަން 2016 ގައި ގެނެސްދިން "އޭ ދިލް ހެ މުޝްކިލް" އަށް ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ޖަޔާ ބައްޗަނާއި ދަރުމެންދުރާ އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. އަދި ފިލްމުން ބޮޑު ކާސްޓެއް ފެންނާނެ އެވެ.