Last Updated: April 27, 19:42
Saturday, April 27, 2024
ދުނިޔެ

އީލޮން އޭއައިގެ އާ ކުންފުންޏެއް ލޯންޗްކޮށްފި

ޗެޓްޖީޕީޓީއާ ވާދަ އަށް ޕްލެޓްފޯމް އުފައްދަވާނެކަން އިއުލާން ކުރައްވާފައިވާ މަހުޖަނު އީލޮން މަސްކް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާ ކުންފުންޏެއް ލޯންޗްކޮށްފި އެވެ.

މި ވާހަކަ ޓްވިޓާ އާއި ޓެސްލާ އަދި ސްޕޭސް އެކްސްވެރިޔާ ޓްވިޓާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. އާ އޭއައި ކުންފުނީ ގެ ނަމަކީ "ޒާއީ" ނުވަތަ އެކްސްއައި އެވެ. މީގެ ވެބްސައިޓާއި ކުންފުނީގެ މުވައްޒަފުންފަތަކެއް ވެސް އިއްޔެ ދައްކާލާފައިވެ އެވެ. "ޒާއީ" ގައި އެންމެ އިސްކޮށް ހުންނަވާނީ އީލޮން އެވެ.

އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި "ޒާއީ" ގެ މައިގަނޑު މަގުސަދަކީ އޭއައިގެ އެހީގައި ކައުނުގެ އަސްލު ދެނެގެތުމާ އެކީ އޭއައިގެ ތެރެއިން އިންސާނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭން މަސައްކަތް ކުރުމެވެ.

އާ އޭއައި ކުންފުންޏެއް ދުނިޔޭގެ އެންމެ ބޮޑި މަހުޖަނު ލޯންޗްކުފެއްވި އިރު، އޭނަ އަކީ މި ފަހުން ވަރަށް ބޮޑަށް ވައިފައި ހިފި ޗެޓްޖީޕީގެ ވުޖޫދަށް ގެނައި އޯޕަންއައި އަށް ކުރިން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވި ބޭފުޅެކެވެ.