Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

ކަރަން ތަރިން ގޮވައިގެން ޕްރޮމޯޝަނަލް ޓުއާއަކަށް

މި މަހުގެ ފަހުކޮޅު ރިލީޒްކުރާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑް ތަރިން ގޮވައިގެން ޑައިރެކްޓަރު ކަރަން ޖޯހަރް އަންނަ ހަފުތާގެ ތެރޭގައި 10 ދުވަހުގެ ޕްރޮމޯޝަނަލް ޓުއާއަކަށް ތައްޔާރުވެއްޖެ އެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކީ މި ޓުއާ ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ގަ އެވެ. އެގޮތުން އިންޑިއާގެ ބޮޑު ފަސް ސިޓީއަކަށް ގޮސް، ފިލްމުގެ ޕްރޮމޯޝަނަށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. އެގެ ތެރޭގައި މީޑިއާތަކާއި ފޭނުންނާ އިންޓަރެކްޓްކުރުން ވެސް ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ހަތް ވަނަ ޑައިރެކްޝަނެވެ. މި ރޮމޭންޓިކް ކޮމެޑީ މި މަހުގެ 28 ގައި ސިނަމާތަކަށް ގެންނާނެ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖަޔާ ބައްޗަން، ދަރުމެންދުރާ އަދި ޝަބާނާ އާޒްމީ ހިމެނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ އިރު، ފިލްމުގެ ޓްރެއިލާގެ އިތުރުން އޭގެ ދެ ލަވައެއް އާންމުކޮށްފައިވެ އެވެ. އެއީ "ވަޓް ޖުމްކާ؟" އާއި "ތުމް ކާ މިލޭ" އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އިން 1998 ގައި ޑައިރެކްޝަނަށް ނުކުތް ކަރަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.