Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ލާދީނީ ފިކުރު ނެތި އެމްޑީޕީގެ ސަޕޯޓް ވަނީ އިތުރު

މިހާރު އެމްޑީޕީން ލާދީނީ ފިކުރު އެމްޑީޕީން ނެތިދިއުމާ އެކީ އެ ޕާޓީއަށާއި ސަރުކާރަށް ވެސް ލިބެމުން އަންނަ ތާއީދު އިތުރުވަން އަންނަ ކަމަށް އެ ޕާޓީއާ މި އަހަރު އަލަށް ކޯލިޝަން ހެދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން ރޭ މާފުށީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުންނަށް އިޝާރާތް ކުރައްވައި ސިޔާމު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުންގެ ދީނަށް ކަމޭހިތުން ކުޑަކުރުމުގެ އަމަލުތައް ފެންނަމުން ދިޔަކަމަށެވެ.

ނަމަވެސް ރައީސް ސާލިހުގެ ފަރާތުން އެފަދަ ކަމެއް ފެނިގެން ނުދާ ކަމަށް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މިއަދު އެމްޑީޕީގެ ތެރޭގައި ލާދިނީ ފިކުރެއް ނެތް ކަމަށާއި، އެއީ އެ ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކެމްޕެއިންގައި ވަޑައިގަންނަވާ ރަށްތަކުން ދިމާވާ ރައްޔިތުންގެ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ލާދީނީ ފިކުރު އެމްޑީޕީގެ ތެރޭގައި ނެތުމަކީ މިއަދު ރައްޔިތުން އެމްޑީޕީ ބަަލައިގަންނަ މިންވަރު އިތުރުވަމުންދާ ސަބަބެއް" ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައީސް ސޯލިހަކީ ވައުދު ފުއްދުމުގައި ނަމޫނާ ވެރިއެއް ކަމަށާއި އެ މަނިކުފާނަކީ ކެތްތެރިކަމާއި މަޑުމައިތިރި
އަދި ބަސް މަދު އަމަލު ގިނަ ބޭފުޅެއް ކަމަށެވެ.