Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

އާރްބީއޭގެ ގަވަރުނަރަކަށް އަލަށް އަންހެނެއް

އޮސްޓްރޭލިއާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރަކަށް މުޅިން އަލަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެތަނުގެ 63 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގަވަރުނަރަކަށް އައްޔަންކުރި އަންހެން ބޭފުޅަކީ މަޝްހޫރު އިގުތިސާދީ މާހިރެއް ކަމަށްވާ މިޝެލް ބަލޮކް އެވެ. އޭނަ އޭނަ ރަސްމީކޮށް ރިޒާވް ބޭންކް އޮފް އޮސްޓްރޭލިއާ (އާރްބީއޭ) ގެ ގަވަރުނަރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެވެެ.

އެއީ މިހާރުގެ ގަވަރުނަރު ފިލިޕް ލޯވީގެ ދައުރު ހަމަވުމާ އެކީގަ އެވެ.

އާރްބީއޭގެ ތާރީހުން ހާއްސަ ޝަރަފަކާއި މަގާމެއް ލިބިވަޑައުގަތުމުން މިޝެލް، 63، މިއަދު ވިދާޅުވީ މިއީ ވަރަށް ބޮޑު ފަހުރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އަދި މިއީ ގައުމަށް ހިދުމަތް ކުރަން މި ދަނޑިވަޅުގައި ލިބިވަޑައިގެންނެވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ގައުމު ވަރަށް ޗެޖެންޖިން ހާލަތެއްގައި އޮއްވައި އާރްބީއޭގެ ގަވަރުނަރުކަމާ ހަވާލުވެވަޑައިގަތުމަކީ އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން ގައުމު ހަމައަކަށް އަޅުވަން އަޅުގަނޑަށް މަސައްކަތްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ދެކެނީ،" އޭނަ ވިދާޅުވި އެވެ. "ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ބޯޑުގެ އެއްބާރުލުމާ އެކީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް. އަދި ޔަގީންކަން ވެސް ދެން ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އާރްބީއޭގެ ގަވަރުނަރުގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާނެކަން."

މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް މިޝެލް އައްޔަންކުރުމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް އެކަން ސިފަކުރައްވާފައި ވަނީ ވަރަށް ރަނގަޅު ހެޔޮ ބަދަލެއްގެ ގޮތުގަ އެވެެ. އަދި މިޝެލްގެ ތަޖުރިބާ އާއި އޭނަގެ ކުޅަދާނަ ލީޑަޝިޕާ އެކީ އޮސްޓްރޭލިއާ އަށް އިގުތިސާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އާރްބީއޭގެ ގަވަރުނަރު ކަމަށް އައްޔަންކުރި އިރު، މިދިޔަ އަހަރުން ފެށިގެން މިޝެލް ހުންނެވީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގަ އެވެ. އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް އިންގްލޭންޑުން ގްރެޖްއޭޓްވެވަޑައިގައިގެން މިޝެލް މަރުކަޒީ ބޭންކާ ފުރަތަމަ ގުޅިވަޑައިގެންނެވީ 1985 ގަ އެވެ. އޭގެ ފަހުން އެތަނުގެ އިސް އެތައް މަގާމެއް އޭނަ ފުރުއްވާފައިވެ އެވެ.