ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މިފްކޯ އިން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބޭނުން ވަނީ ރާއްޖޭގައި ހައްދާ ތާޒާ މޭވާ އާއި ތަރުކާރީ ސަޕްލައިކޮށްދޭނެ ބަޔަކު ކަމަށެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ. ބީލަމުގައި ބައިވެރިވާން އެ ދުވަހު މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ. އަދި ރަޖިސްޓްރީވާނީ އިޢުލާން ނަންބަރާއި ކުންފުނީގެ ނަމާއި، އެކަމާ ގުޅޭ އިސް މީހެއްގެ ނަމާއި ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށެވެ.
ބީލަންތައް ހުޅުވަން ހަމަޖެހިފައި ވަނީ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގަ އެވ.