އައްޑޫ ހިތަދޫން ބިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ސަރަހައްދަށް އާންމުން ވަނުން މަނާކޮށްފި އެވެ.
ކައުންސިލުން ބުނީ އެކަން މަނާކުރީ ހިއްކާ ސަރަހައްދަށް ހުއްދަ ހޯދުމަކާއި ނުލާ އަދި ރައްކާތެރި ފިޔަވަޅެއް ވެސް ނެތި ގިނަ ޢަދަދެއްގެ ބަޔަކު ވަދެ މަސް ބާނަން ތިބުމާއި ފޮޓޯ ނެގުން ފަދަ ކަންކަމުގައި އުޅޭކަން ފާހަގަކުރެވޭތީ ކަމަށެވެ.
ކައުންސިލުން ބުނީ ބިން ހިއްކުމުގެ މަސައްކަތަކީ ބޮޑެތި އެއްގަމު އުޅަނދުތަކާއި ބަރު އާލާތްތަށް ބޭނުންކޮށްގެން ކުރަމުން އަންނަ މަސައްކަތެއްކަމުން އެ ސަރަޙައްދަށް އާންމުކޮށްވަދެ އުޅުމަކީ ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ވެސް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.
އެހެންވެ އެ ސަރަހައްދަށް ވަނުން މަނާކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުންޏެވެ.

ހިތަދޫން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މި ވަގުތު ކުރިއަށް ދަނީ ޒޯން 1 ގެ މަސައްކަތެވެ. ޒޯން 1 އަކީ ސަރަހައްދީ ބަނދަރުގެ އުތުރުން ހިއްކާ ހިއްކާ ސަރަހައްދު ނުވަތަހިތަދޫގެ ސަރަހައްދީ ބަނދަރުން ދެކުނަށް، ގައުކެނޑި ބްރިޖާ ހަމައަށް ހިއްކާ ސަރަހައްދެވެ.
މި މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިންނެވެ.