ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އިން ދިޔަ ހުރިހާ ހައްޖާޖީން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖުވެރިންގެ ފަހު ގްރޫޕަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ހައްޖު ކޯޕަރޭޝަންގެ އިތުރުން މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިޔައީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ އެވެ. މިއިން ކޮންމެ ގްރޫޕެއްގެ ހަވާލުގައި 90 މީހަކު ހައްޖަށްދިޔަ އިރު، ބާކީ އަދަދު ހައްޖަށް ގޮސްފައިވަނީ ހައްޖީ ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ރާއްޖެ އަށް މި އަހަރު ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.