"ތާނަވާ" ގެ ނަމުގައި އަދަބީ ކާނިވަލެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މިއީ އިކޮނިމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މި މަހުގެ 20 އާއި 21 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވާ ހަރަކާތެކެވެ. އެތަނުން ބުނީ މީގެ ބޭނުމަކީ ދިވެހި އަދަބިއްޔާތު ކުރިއަރުވައި، އަދަބީ މަސައްކަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް، އެ މީހުން ކުރާ މަސައްކަތްތައް އިޝްތިހާރުކޮށް، ވިއްކުމުގެ ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ.
ތާނަވާ 2023 އަކީ ދިވެހި އަދަބިއްޔާތު ކުރިއަރުވާ، އަދަބީ މަސައްކަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް، އެފަރާތްތަކުން ކުރާ މަސައްކަތްތައް އިޝްތިހާރުކޮށް، ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށްދާ ހަރަކާތެއް. ތާނަވާ 2023ގައި ބައިވެރިވުމަށް އަވަހަށް ފޯމު ހުށަހަޅުއްވާ! pic.twitter.com/IV7JN6kcR4
— Business Center Corporation (@BCC_mv) July 10, 2023
އެހެންވެ "ތަނަވާ" ގައި ބައިިވެރިވާ އަދަބިއްޔާތާ ގުޅުން ހުރި މަސައްކަތްކުރާ ފަރާތްތަކަށް މާދަމާ މެންދުރު ފަހު 2:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަަތު ވަނީ ހުޅުވާލައިފަ އެވެ.
ބީސީސީން ބުނީ "ތާވަނާ" ވެގެން ދާނީ ދިވެހި ބަހުން އުފައްދާފައިވާ ފޮތް ފަދަ ތަކެތި ވިއްކަން ބޭނުންވާ ލިޔުންތެރިންނަށް ފަހިވާ ރަނގަޅު ފުރުސަތެއް ކަމަށެވެ.