Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރައީސް ކެމްޕޭނަށް އިތުރު 2 އަތޮޅަކަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭނަށް އިތުރު ދެ އަތޮޅަކަށް މިއަދު ފުރާވަޑައިގަންނަވާ ގޮށް ހަމަޖެހިއްޖެ އެވެ.

ތިން ދުވަހުގެ މި ދަތުރުގައި އެ މަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މ. އަތޮޅާއި ވ. އަތޮޅަށެވެ. އެގޮތުން މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަންނަވާނެ އެވެ. އެއަށް ފަހު ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދު އަށް ރައީސް ވަޑައިގަންނަވާނެ އެވެ.

ރައީސް އަތޮޅު ތެރޭގެ ކެމްޕޭން މިދިޔަ ހަފުތާގައި ފެށީ ށ. އަތޮޅުންނެވެ. އޭގެ ފަހުން ކ. އަތޮޅުގެ ރަށްތަކުގައި ވެސް ކެމްޕޭން ކުރައްވާފައިވެ އެވެ.

ރައީސްގެ މި ދަތުރުތަކުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިސްވެރިން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.