ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ހުވަފެނެއް ހަގީތަކަށްވެއްޖެ ކަމަށް ބުނެފި އެވެ.
އޭނަަ ބުނި ގޮތުގައި އެ ހުވަފެނަކީ އިންސްޓްގްރާމް އެކައުންޓް ވެރިފައިވުމެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ މި ވާހަކަ އޭނަގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ފޮލޯވަރުންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
އައްޒަގެ އިންސްޓަ ފޮލޯވަރުންގެ އަދަދު 109،000 އަށް އަރާ އިރު، އޭނަ ވެފައި މި ވަނީ ރާއްޖޭގެ ފިލްމީ ތަރިންގެ ތެރެއިން އިންސްޓަގްރާމް އެކައުންޓް ވެރިފައިވި ފުރަތަމަ ތަރިއަށެވެ. އައްޒަ އަކީ ރާއްޖޭގައި ދެވަނަ އަށް އިންސްޓްގަރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި ސެލެބްރިޓީ އެވެ.
އިންސްގްރާމް ވެރިފައިވެ، އެކަމުގެ އުފާ އައްޒަ ފާޅުކުރި އިރު، އޭނަ މި ވަގުތު ހުރީ ޗުއްޓީ އަށް މެލޭޝިއާގަ އެވެ.
އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އާ ކައިވެނިކޮށްގެން އުޅޭ އައްޒަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ރިލީޒްކުރި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ. ބައިސްކޯފުން މިހާރު ގެނެސްދޭ ވެބް ސީރީޒް "ޔާރާ" ގެ މައިގަނޑު އެއް ތަރި އަކީ އައްޒަ އެވެ. އެއީ އޭނަގެ ދައްތަ އަދި ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅެފައިވާ އެއްޗެކެވެ.
އައްޒަގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "4426"، "ހައްދު"، "ބޮސް"، "ދައުވަތު" އަދި "މާމުއި" ހިމެނެ އެވެެ.