ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. ކޮޅުފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހް ދަތުރުފުޅުތައް ފައްޓަވާފައިވާއިރު ށ. އަތޮޅުގެ ބައެއް ރަށްތަކަށް އަދި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަނީ ވަޑައިގެންފައެވެ. އަދި މި ހަފްތާ ބަންދުގައި މ. އަދި ވ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ރައީސް ސޯލިހް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހުގައި ސަރުކާރާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
— MDP Secretariat (@MDPSecretariat) July 15, 2023
ރައީސްގެ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުށި، ނާލާފުށި، މުލި، މުލަށް އަދި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.