Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އުމަރު ވެސް ކެމްޕޭނަށް އަތޮޅުތަކަށް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިހާރު އަތޮޅު ތެރޭގައި ކެމްޕޭން ފައްޓަވައިފި އެވެ.

މި ދަތުރުގެ ތެރެއިން އޭނަ ފުރަތަމަ ވަޑައިގެންނެވީ ވ. އަތޮޅަށެވެ. އެގޮތުން އިއްޔެ އެ އަތޮޅުގެ ކެޔޮދު އާއި ފުލިދު އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކޮށް، ވާހަކަ ދައްކަވާފައިވެ އެވެ.

އުމަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނީ އަމިއްލަ ގޮތުންނެވެ. އޭނަ 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނަން ހުށަހެޅުމަށް ހުޅުވައިލާނީ މި މަހުގެ 23 ގަ އެވެ.