Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ހަތުރޯން ކޭ ކިލާޅީ 13" މިރޭ ފަށަނީ

ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރަމުން އަންނަ ކަލާސް ޓީވީގެ "ހަތުރޯން ކޭ ކިލާޅީ" ގެ 13 ވަނަ ސީޒަން މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

މި ޝޯ ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 8:30 ގަ އެވެ. އަދި މިރެއިން ފެށިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ޝޯގެ އާ އެޕިސޯޑްތަކެއް ގެނެސްދޭނެ އެވެ.

އާންމު ގޮތެއްގައި އިންޑިއާގެ މަޝްހޫރު ޓީވީ ސެލެބްރީން ބައިވެރިކޮށްގެން ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" ގެ އާ ސީޒަންގައި ވާދަކުރާ ބައިވެރިންގެ ތެރޭގައި ހިމެނެނީ އަރިޖިތު ތަނޭޖާ، އައިޝްވާރިއާ ޝަރުމާ، އަންޖަލީ އާނަންދު، އަރްޗަނާ ގޯތަމް، ޑެއިޒީ ޝާހް، ޑީނޯ ޖޭމްސް، ނައިރާ ބެނަޖީ، ރަޝްމީތު ކޯރް، ރޯހިތު ރޯއި، ރޫހީ ޗަތުރަވެދީ، ޝީޒާން ޚާން. ޝިވް ތާކްރީ އަދި ސައުންދަސް މުފާކީ ހިމެނެ އެވެ.

މި ފަހަރުގެ ސީޒަން ވެސް ޝޫޓްކޮށްފައި ވަނީ ދެކުނު އެފްރިކާގަ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ކާމިޔާބުކުރީ ކޮރިއޮގްރާފަރު ތުޝާރް ކާލިއާ އެވެ.