Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

އަންނަ މަހު އާ ރިސޯޓެއް ހުޅުވަނީ

ގ.ދ އަތޮޅުގައި ހިންގަމުން އައި އަމާރީ ހަވޮއްޑާ މޯލްޑިވްސް، ތައިލޭންޑްގެ މައިނަރ ހޮޓެލް ޗެއިން އިން ގަނެ އޯގަސްޓް މަހު ހުޅުވާނެ ކަން ހާމަކޮށްފިއެވެ.

މި ރިސޯޓު ޖޭއެލްއެލްއިން ވިއްކަން ނިންމީ މިދިޔަ އަހަރުއެވެ. އެ ރިސޯޓު ތައިލޭންޑުގެ މައިނަރ ހޮޓަލްސްއަށް ވިއްކިއިރު، ހަވޮއްޑާ އަކީ 120 ލަގްޝަރީ ވިލާ، 60 ބީޗް ވިލާ އަދި 60 އޯވާ ވޯޓަރ ވިލާ އެކު ތަރައްޤީ ކުރެވިފަިއިވާ ރިސޯޓެކެވެ. ހަވޮއްޑާ މައިނަރ ހޮޓެލްސްއަށް ވިއްކާފައިވަނީ 60 މިލިއަން ޑޮލަރަށެވެ.

މި ރިސޯޓު ހިންގަން ހަމަ ޖެހިފައިވަނީ މަޝްހޫރު އެންއެންޗް ކަލެކްޝަން ބްރޭންޑުގެ ދަށުންނެވެ. މި ބްރޭންޑަކީ ޔޫރަޕް އަދި އެމެރިކާ ސަރަހައްދުގައި މަޝްހޫރު ބްރޭންޑެކެވެ. މިއާއެކު ހަވޮއްޑާ ވެގެންދާނީ އެންއެޗް ކަލެކްޝަންގެ ދެކުނު އޭޝިއާ އަދި އޭޝިއާ ސަރަހައްދުގެވެސް ފުރަތަމަ ޕްރޮޕަޓީއަށެވެ. މައިނަރ ހޮޓެލް ގްރޫޕުގެ ސީއީއޯ ޑިލިޕް ރާޖެއިކަރ ވިދާޅުވީ އެންއެޗް ކަލެކްޝަން ރާއްޖެއަށް ގެނައުމަކީ ލިބޭ އުފަލެއް ކަމަށާއި، މިއީ މެދު އިރުމަތި އޭޝިއާ ސަރަހައްދުގައި ބްރޭންޑް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ހަވޮއްޑާ މީގެ ކުރިން ހިންގަމުންއައީ ތައިލޭންޑްގެ އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕުންނެވެ. މި ރިސޯޓަކީ، ލަންކާގެ ސަންކެން ކޮންސްޓްރަކްޝަން ގްރޫޕް އަދި ސިންގަޕޫރުގެ ސިންގަޕޫރު ހޮސްޕިޓަލިޓީ ހޯލްޑިންގް ޖެވީ އެއްގެ ދަށުގައި އޮތް ރިސޯޓެކެވެ.

މައިނަރ ހޮޓެލްގެ ދަށަށް ހަވޮއްޑާ ދިޔައިރު، އެ ކުންފުނީގެ އެހެން ބްރޭންޑްތަކާއެކު ރާއްޖޭގައި 7 ޕްރޮޕަޓީއެއް އޮވެއެވެ. އެއީ އަނަންތާރާގެ ތިން ރިސޯޓާއި، ނަލަދޫ ޕްރައިވެޓް އައިލޭންޑް އާއި ނިޔާމަ ޕްރައިވެޓް އައިލޭންޑް ހިމެނެއެވެ.