Last Updated: July 25, 13:53
Saturday, July 25, 2026
މުނިފޫހިފިލުވުން

"ނީނާ" އަށް އޮތް ނަސޭހަތަކީ "މަރަންޏާ މަރާ"

އަންނަ މަހު އޮލިމްޕަހަށް ފިލްމު "ނީނާ" ގެ ރަސްމީ ޓްރެއިލާ މިއަދި ދައްކާލައިފި އެވެ.

މި ފިލްމަކީ ނުޒުހަތު ޝުއައިބް (ނުޒޫ) ޓައިޓްލް ރޯލު ކުޅެފައިވާ ކްރައިމް ޑްރާމާއެކެވެ. އޭނަގެ ވަރަށް ތަފާތު ރޯލެއް އަދި އާންމުކޮށް ދިބެހި ސިނަމާއިން ބަތަލާއިން ނުފެންނަ ކަހަލަ ވަރުގަދަ ޖެހިލުން ކުޑަ ކެރެކްޓާއެއް ނުޒޫ ކުޅެފައިވާ މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

މިއީ 2019 ގެ "ބަވަތި" އަށް ފަހު އޭނަ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.

އަންނަ މަހުގެ 6 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ނީނާ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ.