Last Updated: July 24, 05:25
Friday, July 24, 2026
ޚަބަރު

ނާލާފުއްޓަށް 25 އަހަރު ފަހުން އާ އިންޖީނުގެއެއް

މ. ނާލަފުށީގައި 25 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

ނާލާފުށީގައި 25 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނާލާފުށީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓް އެވެ.

ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށުގެ މެދުގައި ނަމަވެސް އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގަ އެވެ.