Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ފިލްމު އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ގައުމީ ފިލްމު އެވޯޑަށް ފިލްމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މުއްދަތު މިހާރު ވަނީ މި މަހުގެ 20 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެކަމަށް އެދޭ ފޯމް އެންސީއޭ އިން މިހާރު ލިިބޭނެ އެވެ. އަދި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މި ފަހަރުގެ އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 2019-2022 އަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށް އެންސީއޭ އިން ބުނެ އެވެ.

އެވޯޑު ހަފުލާ އޮންނާނީ އަންނަ މަހުގެ 5 ގަ އެވެ.

މިއީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ދެމުން އަންނަ އެވޯޑެކެވެ.