އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔޫގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެގެން ގޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ ފަލަސްތީނުގެ މުސްލިމު ރައްޔޮތިންނާ ދެކޮޅަށް ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގާ ޔަހޫދީ ދައުލަތުގެ ވެރިޔާ އެޑްމިޓްކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ނަތަންޔާހޫ އަށް ފަރުވާ ދެނީ ވެރިރަށް ތެލް އަވީވް ކައިރީގައި އޮންނަ ތެލް ހަޝޯމަރްގެ ޝެބާ ހޮސްޕިޓަލްގައި ކަމަށެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނިސް އޭނަ ވަނީ ހާލު މިހާރު ރަނގަޅު ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އޭގައި ނަތަންޔޫ ބުނީ ހާލު ގޯސްވީ ގަދަ ހޫނުގެ ސަބަބުން ޑީހައިޑްރޭޓްވެގެން ކަމަށެވެ. އަދި އޭނަގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވާން ޖެގހޭ ވަރިގެ އެއްވެސް ކަމެއް ނެތް ކަމަށް 73 އަހަރުގެ ބޮޑުވަޒީރު ބުންޏެވެ.