Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

ޓެލެސް ރޮނާލްޑޯގެ ޓީމަށް ބަދަލު ވަނީ

މެންޗެސްޓަ ޔުނައިޓެޑް ޑިފެންޑަރު އެލެކްސް ޓެލެސް މިހާރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ ޓީމަށް ބްރެޒިލަށް އުފަން ކުޅުންތެރިޔާ ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު މެއި ހިސާބުގަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ޓެލެސް، 30، އަށް އަލް ނަސްރު އިން ޝައުގުވެރިވާ އިރު، އެ ކުލަބަށް މި ވަގުތު އޮތީ ކުޅުންތެރިން ގަތުމުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ފީފާ އިން ފިޔަވަޅު އަޅައިފަ އެވެ. އެއީ ކުރިން އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އަށް ކުޅުނު އަހުމަދު މޫސާ ގަތް އިރު، އެ ޓީމަށް އަލް ނައްސާރުން ދައްކަންޖެހޭ ފައިސާގެ މުއާމަލާތް އެއްކޮށް ނިންމާފައި ނުވާތީ އެވެ.

އަލް ނަސްރުން ލެސްޓާ އަށް ނުދައްކައި އޮތް އަދަދު 500،000 ޑޮލަރަށް އަރަ އެވެ.

ޕޯޗްގަލްގެ ތަރި، ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލައި، އަލް ނަސްރުއާ ގުޅުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.