Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް

މ. މުލަކު ސިއްހީމަރުކަޒަށް އިތުރުކުރެވުނު އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

މުލަކު ސިއްހީމަރުކަޒަށް އިތުރުކުރެވުނު އިމާރާތް ހުޅުވައިދެއްވާފައިވަނީ މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މުލަކު ސއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ސޯލިހް، އެ އިމާރާތާއި މުލަކު ސިއްހީ މަރުކަޒުގެ ހިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވަވާފައި ވާކަމަށެވެ.

މުލަކު ސިއްހީމަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނެއެވެ.