Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޝިފާން ގެ ބަދަލުގައި ސަމީރު ދެކުނު ޑިވިޝަން ކޮމާންޑަރަކަށް!

ސަދަން ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ބަދަލުގައި، ކުރީގެ ޓްރެފިކް ޕޮލިސް ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ހަމަޖައްސަވައިފިއެވެ.

ބައެއް އަތޮޅު ތަކުގެ ކޮމާންޑަރުން ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އައްޑޫ ސިޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަޙީދުއެވެ. ޏ. އަތޮޅު ކޮމާންޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާނު އެވެ.

ދެކުނު ރީޖަންގެ ކޮމާންޑަރުން ބަދަލުކޮށްފައިވަނީ ދާދި ފަހުން، އައްޑޫގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި އެމްޑީޕީ އޮފީހުގައި ރޯކޮށް އަންދާލާފައި ވަނިކޮށެވެ.