Last Updated: April 28, 14:38
Sunday, April 28, 2024
ދުނިޔެ

ޓްވިޓާގައި އިޝްތިހާރުކުރުން މަދުވެއްޖެ

ޓްވިޓާގައި ވިޔަފާރިތައް އިޝްތިހާރު ކުރުން މަދުވެ، އާމްދަނީ ވެސް ދަށްވެފައިވާ ކަމަށް އޭގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުންފުނީގެ ކޭޝްފްލޯ އަދިވެސް މުޅިއަކުން ހަމައަކަށް ނޭޅޭ ކަމަށެވެ. އަދި މިހާރު ޓްވިޓާ އަށް އިޝްތިހާރުތަކުން ވަންނަ އާމްދަނީ 50 ޕަސެންޓަށް ދަށްވެފައިވާ އިރު، ކުންފުނީގެ ދަރަނި ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

"މިކަން ހަމައަކަށް އަޅުވަން އެބަޖެހޭ މަސައްކަތްތަކެއް ކުރަން." އީލޮން ވިދާޅުވި އެވެ.

އޭނަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޓްވިޓާ ބައްލަވައިގަތުމާ ގުޅިގެން ވެސް ޓްވިޓާގައި އިޝްތިހާރު ކުރުން ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމާ ގުޅިގެން ވިޔަފާރިތަކުން ޓްވިޓާގައި އިޝްތިހާރު ކުރުން ހުއްޓާނުލުމަށާއި އެކަމަށް ހާއްސަ ގޮތްތަކެއް ވެސް ހަދައި ދޭނެ ކަމަށް ޓްވިޓާ އިން ބުނެފައިވެ އެވެ.

އޭރު ޓްވިޓާގެ ހަރަދުތައް ކުޑަކުރަން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވެސް ވަކިކޮށް، ބައެއް އޮފީސްތައް ވެސް ބަންދުކުރި އއެވެ.

ޓްވިޓާގެ ކޭޝްފްލޯ ހަމައަކަށް ނޭޅި، އޭގެ ވެރިޔާ ކަންބޮޑުވުން ފާޅުކުރެއްވި އިރު، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ލޯންޗްކުރި މެޓަގެ އާ އެޕް، "ތުރެޑްސް" ގެ ސަބަބުން، ޓްވިޓާ އަށް ވަރަށް ބޮޑު ނުތަނަވަސްކަމަކާ ވެސް ކުރިމަތިލާން ޖެހިފައިވެ.

އީލޮން ޓްވިޓާ ބައްލަވައިގެންނެވީ 44 ބިލިއަން ޑޮލަރަށެވެ.