Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

ކޮޅުފުށީގައި 1 އަހަރުގެ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

މ. ކޮޅުފުށި--

މ. ކޮޅުފުށީގައި 1 އަހަރުގެ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މ. ކޮޅުފުށީގައި 1 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު 11:38 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާއަކީ ގެއްލިގެން ހޯދަމުންދަނިކޮށް މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކުއްޖެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.