މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި އެވެ.
މެގުއާ ،30، އަށް ޔުނައިޓެޑްގެ ކެޕްޓަންކަން ދީފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އޭނާ އަށް ޖާގަ ލިބުން ވަނީ މަދުވެފަ އެވެ.
މެގުއާ ބުނީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާއެކު ކުރެވެނު މަޝްވަރާތަކުގައި ކެޕްޓަން ބޭންޑް އޭނާގެ އަތުން ނަގަން ނިންމާފައިވާކަން ކޯޗު އަންގާފައިވާ ކަމަށެވެ. އޭގެ ސަބަބުތައް ވެސް ކޯޗު ބުނެދިން ކަމަށާއި އެ ނިންމުމާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް ޔުނައިޓެޑަށް ކުޅޭ ކޮންމެ މެޗެއްގައި ވީ އެންމެ ރަނގަޅަކަށް ކުޅޭނެ ކަމަށް މެގުއާ ބުންޏެވެ.
After discussions with the manager today he has informed me he is changing captain. He outlined his reasons to me and whilst I’m personally extremely disappointed, I will continue to give my all every time I wear the shirt.
So I wanted to say a massive thank you to the… pic.twitter.com/TAOS0eisF1
— Harry Maguire (@HarryMaguire93) July 16, 2023
ޔުނައިޓެޑްގެ ކެޕްޓަންކަން އަންނަ ސީޒަނުގައި ކުރާނެ ކުޅުންތެރިއެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ލެސްޓަ ސިޓީން 80 މިލިއަން ޕައުންޑްގެ އަގަކަށް 2019 ގައި ޔުނައިޓެޑަށް ބަދަލުވި މެގުއާ މި ޓްރާންސްފާ މާކެޓުގައި އެ ކްލަބް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ. މެގުއާ ގެންނަން ވެސްޓްހަމް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.