އުމުރުން 20 އަހަރުގެ ކާލޯސް އަލްކަރާޒް ވިމްބަލްޑަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ވިމްބަލްޑަންގެ ޗެމްޕިއަންކަން ސްޕެއިނަށް ނިސްބަތްވާ އަލްކަޒާރް ހޯދީ ރޭ ކުޅުނު ފައިނަލްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ، ނޮވަކް ޖޮކޮވިޗް 3-2 ސެޓުން ބަލިކުރުމަށްފަހު އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓް 6-1 އިން ގެންދިޔައީ ޖޮކޮވިޗް އެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓް 7-6 އަދި 6-1 އިން ގެންދިޔައީ އަލްކަރާޒް އެވެ. ހަތަރުވަނަ ސެޓު 6-3 އިން ޖޮކޮވިޗް ގެންދިޔުމުން ނަތީޖާ ނެރުމަށް ދެން ކުޅުނު ފަސްވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 6-4 އިން ކާމިޔާބުކޮށް އަލްކަރާޒް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މެޗަށްފަހު އަލްކަރާޒް ބުނީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި މެޗުން ބަލިވި ނަމަވެސް ދެއްކުނު ކުޅުމާ މެދު ފަހުރުވެރިވާނެ ކަމަށެވެ. އަދި މިހާ ޒުވާން އުމުރެއްގައި މި ފެންވަރުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އަމިއްލަ ނަފްސާއި މެދު ފަހުރުވެރިވާ ފަދަ ކަމެއް ކަމަށްވެސް އަލްކަރާޒް ބުންޏެވެ.
މިއީ އަލްކަރާޒްގެ ކެރިއަރުގައި ހޯދި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.