Last Updated: April 27, 20:44
Saturday, April 27, 2024
ދުނިޔެ

ނީލަމަށްލި އައިފޯނަށް މާ ބޮޑު އަގެއް!

މިދިޔަ މަހުގެ ތެރޭގައި ނީލަމަށްލި ފުރަތަމަ ޖީލުގެ އައިފޯނަށް ލިބޭނެކަމަށް ލަފާކުރި އަދަދަށް ވުރެ ބޮޑު އަގެއް ލިބިއްޖެ އެވެ.

އެޕަލް އިން އެންމެ ފުރަތަމަ 2007 ގައި ނެރުނު އައިފޯން މޮޑެލްގެ، މި 4ޖީބީގެ ފޯނު ނީލަމުގައި ވިކުނީ 158،844 ޑޮލަރު (2,446,290ރ.) އަށެވެ. އެ ފޯނު ނީލަމަށްލި އެމެރިކާގެ އޮކްޝަން ހައުސް، އެލްސީޖީ އޮކްޝަންސް އިން ލަފާކުރީ އެންމެ ބޮޑު އަގަކަށް ވެސް ނ،ުވެސް ކަނޑައި އޮތް ފޯނަށް ލިބޭނީ 100،000 ޑޮލަރެވެ. އަދި އެންމެ ދަށް އަގަކަށް ކަނޑައެޅި 50،000 ޑޮލަރެވެ.

ނަމަވެސް ފޯނު ލަފާކުރި އަގަށް ވުރެ ބޮޑުކޮށް ވިކުމާ ގުޅިގެން އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ފޯނު ގަތް މީހާގެ ނަމެއް ހާމައެެއްނުކުރެ އެވެ. މީގެ ކުރިން ވެސް އައިފޯންގެ ކުރީގެ މޮޑެލްތަކެއް ނީލަންތަކުގައި ބޮޑު އަގުތަކެއް ލިބިފައިވެ އެވެ. ނަމަވެސް މި ފަހަރު މި ލިބުނު އަގަކީ ނީލަމުގައި ލިބުނު އެންމެ ބޮޑު އަގެވެ.

އެޕަލް އިން އައިފޯން ތައާރަފުކުރީ 2007 ގަ އެވެ. އޭގެ ފަހުން މިހާތަނަށް މި ފޯނުގެ އެތައް މޮޑެލްއެއް ނެރެފައިވެ އެވެ. އަދި ކުރިއަށް އޮތީ އައިފޯން 15 ލޯންޗްކުރުމެވެ. މީޑިއާތަކުބން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން 15 ސެޕްޓެމްބަރު 6 ގައި ދައްކައިލާނެ އެވެ.

އައިފޯނަކީ ސްމާޓްފޯނުގައި މިހާރު އެންމެ މަޝްހޫރު އެއް ބްރޭންޑެވެ.