Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

"ފުރޭތަ" އަކަސް ބިރުވެރިއެއް ނުވާނެ!

ޑާކްމ ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމު "ފުރޭތަ" ގެ ޓްރެއިލާ ދައްކާލައި، ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމު އޮލިމްޕަހަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 4 އެވެ. އެ ތާރީހަކީ ކުރިން ޑާކް ރެއިނުން ގެނެސްދޭން އޮތް ބިރުވެރި ފިލްމު "ބަޅިނދު" ތާވަލުކުރި ތާރިހެވެ. ނަމަވެސް އެ ފިލްމުގެ ބަދަލުގައި "ފުރޭތަ" ގެނެސްދޭން ނިންމައި، މީގެ ޕްރޮމޯޝަންތައް އެ ސްޓޫޑިއޯއިން ވަނީ ފަށައިފަ އެވެ.

"ފުރޭތަ" މި ނަމުން މިއީ ބިރުވެރި ފިލްމަކަށް ވާނެ ކަމަށް ކުރިން ބެލުވުނަސް މިއީ ބިރުވެރި ފިލްމަކަށްވާނެކަމުގެ އެއްވެސް ކުލަވަރެއް ނެތެވެ. މިއީ ރިވެންޖް ތުރިލާއެކެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު ހިމެނެ އެވެ.

ޑާކް ރެއިނުން އެންމެ ފަހުން އޮލިމްޕަހަށް ގެނައި ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި ޑައިރެކްޓަރު އަހުމަދު ޒަރީރުގެ "ބީވީމާ" އެވެ. އަދި އެ ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މާޗްގައި މީޑިއާނެޓުން ޕްރީމިއާކުރި ޗިއްޕެގެ "ހިނދުކޮޅެއް" އެވެ.