ގދ. ތިނަދޫގައި ސިހުރު ހަދާ ކަމަށް ބުނާމައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި ސިހުރު ހަދާ ކަމަށް ބުނެ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ސަމާލުކަމަށް އައީ ތިނަދޫގެ ސަހަރާތެރޭގައި ބަޔަކު އުޅޭހެން ހީވެގެން އެތަނަށް ވަތް މީހަކަށް ސިހުރު ހަދަން ބޭނުން ކުރާ ބައެއް އާލަތްތައް ފެނުމާ ގުޅިގެންނެވެ.