Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރަކީދޫގެ މަޝްރޫއުތަކެއް އިފުތިތާހުކޮށްފި

ފޮޓޯ: އެމްޑީޕީ

ވ. ރަކީދޫގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހް ވ. ރަކީދޫއަށް ވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ އެރަށުގައި ހިންގާފައިވާ މަޝްރޫތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާފައެވެ.

އެގޮތުން ވ.ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ރައީސް ސޯލިހް ކެމްޕޭނަށް ރަކީދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރައީސް ކެމްޕޭނުގައި ހޮނިހިރު އަދި އާދީއްތަ ދުވަހު އުޅުއްވީ މ. އަތޮޅުގެ ރަށްތަކުގައެވެ.